ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް) ވަނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) ގައި ރަސްމީކޮށްފިއެވެ. އިސްލާމިކް ޔުނިވަސިޓީންް ބުނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ މިހާރު ރަޖިސްޓްރީވެ އެ އޮތޯރިޓީގެ އިންސްޓިޓިއުޓް ބޭސްޑް ޓްރެއިނިންގ ކުރިއަށްގެންދިޔުމުގެ ހުއްދަ ލިބިފައިވާކަމަށެވެ.
އެމް.އެން.އެސް.ޑީ.އޭގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް) ގެ އިތުރުން އެތަށް އިންސްޓިޓިއުޓެއް ވަނީ ރަޖިސްޓަރީވެފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީތަކުން އެމް.އެން.އެސް.ޑީ.އޭގައި ރަޖިސްޓަރީވުމަކީ ދިވެހިރާއްޖޭގެ ޓެކްނިކަލް ވޮކޭޝަނަލް (ޓިވެޓް) ދާއިރާ ކުރިއެރުވުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެކެވެ. އެގޮތުން، ޒުވާނުންގެ ހުނަރުތައް ތަރައްޤީކުރުމާއި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ކުރިއަށްދިޔުމަށް ޝައުގުވެރިވާ ޒުވާނުންނަށް ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެމް.އެން.އެސް.ޑީ.އޭ އަދި އައި.ޔޫ.އެމް ފަދަ ޤައުމީ ޔުނިވާސިޓީތަކުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ހަރުދަނާކުރުމަކީ ދިވެހި ދަޢުލަތުގެ މުހިއްމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މި ސިޔާސަތަށް ޢަމަލުކުރުމުގެ މަޤްސަދުގައި ޤާއިމްކުރެވިފައިވާ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އިން މިހާތަނަށް ޖުމްލަ 6 ދާއިރާއަކުން 168 ޕްރޮގްރާމް ވަނީ ތައްޔާރު ކުރެވިފައެވެ. އެގޮތުން، ޓްރާންސްޕޯޓް، ޓުއަރިޒަމް، ސޯޝަލް، ފިޝަރީސް އެންޑް އެގްރިކަލްޗަރ، ކޮންސްޓްރަކްޝަން، އަދި އައި.ސީ.ޓީ ދާއިރާ އިން ސެޓްފިކެޓް ލެވެލް 1 ކުން ފެށިގެން ޑިޕްލޮމާއާއި ހަމައަށް ޤައުމީ ފެންވަރުގެ ސެޓްފިކެޓް ޙާޞިލުކުރުމަށް ވަނީ ފުރުޞަތު ތައް ފުޅާކުރެވިފައެވެ. އެމް.އެން.އެސް.ޑީއޭގައި ރަޖިސްޓްރީ ކޮށްގެން މި ޕްރޮގްރާމްތައް ކުރިއަށް ގެންދަން ޝައުގުވެރިވާ ކޮލެޖް އަދި އިންސްޓިޓިއުޓް ތަކަށް މިކަމާއިބެހޭ މަޢުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓް https://www.mnsda.gov.mv/ ން ލިބެން ހުންނާނެ ކަމަށް ޔުނިވަރސިޓީންް މައުލޫމާތުދެއެވެ.
މި ލިޔުން ކިޔާލުމުން