މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ޖުމްލަ 1،226 ދަރިވަރަކަށް ލޯނު ދޫކޮށްފިއެވެ.ހަޔަރ އެޑިޔުކޭޝަނުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މީގެތެރޭގައި ހިމެނެނީ 560 ފިރިހެން ދަރިވަރުންނާއި 666 އަންހެން ދަރިވަރުންނެވެ.
މީގެއިތުރުން މިއަހަރު ޖުމްލަ 396 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާ ކަމަށާއި މީގެ ތެރޭގައި 153 ފިރިހެން ދަރިވަރުންނާއި އަންހެން 243 ދަރިވަރުން ހިމެނޭކަމަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ދޫކުރާ ލޯނުގެ ގޮތުގައި 2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 1.065 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މި އަހަރުގެ މިހާތަނަށް މި ސްކީމްގެ ދަށުން 365.27 މިލިޔަން ރުފިޔާ ދޫކޮށްފައިވާ އެ ވުޒާރާއިން ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން