ޤަވާއިދާ ޚިލާފަށް މާލޭގައި އުޅެމުން ދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، ރޭ ޓާސްކް ފޯސްއިން މާފަންނުގައި ބިދޭސީއަކު އިސްވެ ގަވާއިދާ ޚީލާފަށް ހިންގަމުންދިޔަ ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ ރެއިޑުގައި ގަވާއިދާ ޚިލާފަށް ސައްޙަ ވިސާއެއްނެތި އުޅެމުންދިޔަ ބިދޭސީ 2 ފިރިހެނަކާއި ބިދޭސީ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ މަޤުޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ.
އިމިގްރޭޝަނުން ދަނީ ސައްޙަ ވިސާނެތި، ވިޔަފާރިތައް ހިންގުމުގައި އުޅޭ ބިދޭސީން ދެނެގަތުމަށް ވެސް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ.
މި ލިޔުން ކިޔާލުމުން