މާލޭގައި ގަވާއިދާ ޚިލާފަށް ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ދެމީހަކު ހައްޔަރުކޮށް، ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ސެޕްޓެންބަރު މަހުގެ 10ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މޮނު ހައުލޭޑަރ (47އ) އާއި ސަކީބް މިއާ (25އ) ކަމަށާއި، މި ދެމީހުންނަކީ ވެސް ބަންގްލަދޭޝް ދެމީހުން ކަމަށެވެ.
މިގޮތުން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް މި ދެމީހުން ހުއްޓުވައި ބަލައިފާސްކޮށް އަދި އެ މީހުން ދުއްވި ސައިކަލާއި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު 317 ފުޅި ބަނގުރަލާއި، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 9000 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން، އެ މީހުން ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން