މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އާއި ބެއިޖިންގ ހުއާޓެކް އިންފޮރމޭޝަން ޓެކްލޮނޮލޮޖީ ކޮމްޕެނީ ލިމިޓެޑާއި ދެމެދު އެމް.އެން.އެސް.ޑީ.އޭގެ ފުރަތަމަ ފަހުމުނާމާގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބެވެ. ބެއިޖިންގ ހުއާޓެކް އިންފޮރމޭޝަން ޓެކްލޮނޮލޮޖީ ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެކުންފުނީގެ ރައީސް، މިސްޓަރ ޖާންގ ޔޫ އެވެ.
2 ސެޕްޓެމްބަރ 2025 ވީ އަންގާރަ ދުވަހު ވެވުނު މި ފަހުމުނާމާގެ ސަބަބުން ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި ޓެކްނިކަލް-ވޮކޭޝަނަލް ޓްރެއިނިންގ (ޓިވެޓް) ދާއިރާއަށް ބޭނުންވާ ކުރިއެރުން ހޯދައިދިނުމަށް މަގުފަހިވެގެންދާނެއެވެ. އަދި ޗައިނާގެ ބެއިޖިންގ ހުއާޓެކް އިންފޮރމޭޝަން ޓެކްލޮނޮލޮޖީ ލިމިޓެޑް ކުންފުނީގެ އެހީއާއި އެއްބާރުލުމާއެކު ޓިވެޓް ދާއިރާއިން މީހުން ތަމްރީނުކުރުމަށް ބޭނުންވާ ކަރިކިއުލަމާއި، ތަމްރީނުދޭ މަރުކަޒުތަކާއި، ފެކަލްޓީތައް ފޯރުކޮށްދެވޭނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހި ޒުވާނުންނަށް ޓިވެޓް ދާއިރާއިން ކުރިއަށް ދިޔުމަށް ބޭނުންވާ ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާގެ ޓިވެޓް ދާއިރާގެ ބައިވެރިން، ދެ ޤައުމުގެ ވޮކޭޝަނަލް އިންސްޓިޓިއުޓްތަކަށް ޒިޔާރަތްކޮށް ކިޔަވައި ދިނުމުގެ ތަމްރީނުތަކާއި، ކިޔަވައިދިނުމާއި ގުޅޭ ދިރާސާތައް ހެދިގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން