ސިނަމާލެ ބުރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކާއި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ސެޕްޓެންބަރު 9 ވަނަ ދުވަހުގެ ރޭ 9:36 ހާއިރު ހައިވޭގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، އެހެން ސައިކަލަކާއި ބަހެއްގެ ދެމެދުން އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ސައިކަލުގައި ޖެހި އެކްސިޑެންޓްވެ، ބަހުގެ މެދާ ދިމާލުން ސައިކަލު ދަށުވެ، ބާރު ސްޕީޑްގައި ދުއްވި ސައިކަލު، މަގުގެ އެއްފަރާތުގައި މަޑުކޮށްގެން ތިބި ބުރިޖު ޕެޓްރޯލް ބީޓްގެ ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި އޯވާސްޕީޑްކުރި ސައިކަލު ދުއްވި މީހާއަށާއި، އަނެއް ސައިކަލު ދުއްވި މީހާއަށާއި ފަހަތުގައި އިން 15 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށެވެ.
އަދި މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ބާރު ސްޕީޑްގައި ދުއްވި ސައިކަލު ޓޯކޮށް، މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން