ވިލިމާލެ ހުޅަނގު ބަނދަރުގެ ބޭރުތޮށި ކައިރި ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާ އުޅަނދު ފަހަރާއި އެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އަޅާފައިވާ އުޅަނދު ފަހަރު ނެގުމަށް އަންގައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ވަނީ މި އުޅަނދުފަހަރު 30 ސެޕްޓެންބަރ 2025 ގެ ކުރިން ނަގައި އެ ސަރަހައްދު ހުސްކޮށްދިނުމަށް އެދިފައެވެ.
ސިޓީ ކައުންސިލުން ބުނީ މި މުއްދަތުގެ ނިޔަލަށް އެ ސަރަހައްދުން އެ އުޅަނދު ފަހަރު ނަގާފައި ނުވާނަމަ އެ އުޅަނދު ފަހަރު ނެގުމާ ގުޅޭގޮތުން ކުރަންޖެހޭ ގާނޫނީ ކަންކަން އެ ކައުންސިލުން ކުރަމުންގެންދާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން