ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ރަށްރަށުގައި ކުރިއަށް ގެންދާ މަގުހެދުމުގެ މަސައްކަތުގެ ދަށުން ދ ކުޑަހުވަދޫގެ މަގުހެދުމުގެ އަދާހަމަ ހާމަކޮށްފިއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ކާސިންޖީ ހިނގުމުގައި ސްޓޯމް ވޯޓަރ ހޮޅި އެޅުމަށް މަގުކޮނުމުގެ މަސައްކަތާއި ސްޓޯމް ވޯޓަރ ޓޭންކް ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މީގެއިތުރުން އދ މާމިގިލީ މަގު ހެދުމުގެ މަޝްރޫޢުގައި މިހާރު އެރަށުގައި ކުރިއަށްދަނީ ބައެއް މަގުތަކުގައި ދުވާރު ލެވެލް ކުރުމާއި ގައު ޖެހުމުގެ މަސައްކަތް ކުރުމަށެވެ.
އާރުޑީސީން މިވަގުތު ސީއެސްއާރުގެ ދަށުން ޅ އަތޮޅުގައި ކުރިއަށް ގެންދާ މަސައްކަތުގެ ތެރޭގައި. ޅ އަތޮޅު ތަޢުލީމީ މަރުކަޒުގެ ދުވާރުގައި ގައު ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އާރުޑީސީން މިވަގުތު ވަރަށް ގިނަ ރަށްރަށުގައި މަގުހެދުމުގެ މަސައްކަތް ކުރިއަށްދާއިރު އެހެނިހެން ތަރައްޤީގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ.
މި ލިޔުން ކިޔާލުމުން