ހުޅުމާލެ ރަށު މާރުކެޓުން ފަސް ގޮޅިއެއް ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމާ އިއުލާންކޮށްފިއެވެ.
އެޗްޑީސީގެ އިއުލާނުގައި ބުނީ ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުރި ގޮޅިތައް ލިބޭ މީހުން ކަނޑައަޅާނީ ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރު ނަގައިގެން ކަމަށެވެ.
ގޮޅިތައް ކުއްޔަށް ހިފަން އެދޭ މީހުން ފޯމު ހުށަހަޅަން ހުޅުވާލާފައި ވަނީ މާދަމާ ހެނދުނު 8:30 އިން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު 3:30 އާ ހަމައަށެވެ. ގޮޅިތަކަށް ކުރިމަތިލާ މީހުންގެ މެދުގައި ގުރުއަތު ނަގާނީ އަންނަ މަހުގެ 16 ވަނަ ދުވަހު ހެނދުނު 10:00ގަ އެވެ.
ހުޅުމާލެ ރަށުމާރުކޭޓުން ރަނުގެ ފުރުސަތެއް.
ވަގުތުން ވިޔަފާރި ފެށޭނެހެން ތައްޔާރުކޮށްފައިވާ 5 ޔުނިޓެއް ކުއްޔަށް ދިނުމަށް ހުޅުވާލައިފިއިތުރު މައުލޫމާތު: https://t.co/LTqjMEzeB4#WithHDC pic.twitter.com/cvtXXOhp7M
— Housing Development Corporation (@hdcmaldives) September 8, 2025
އެޗްޑީސީން ބުނި ގޮތުގައި ދެ އަހަރަށް ދޫކުރާ އެ ގޮޅިތަކަކީ 73.33 އަކަފޫޓުގެ ތަންތަނެވެ.
ގޮޅިއަށް މަހު ކުލީގެ ގޮތުގައި 7،500ރ. ދައްކަން ޖެހޭއިރު ލީސް ޑިޕޮސިޓްގެ ގޮތުގައި 22،500ރ. ދައްކަންޖެހެ އެވެ.
މި ލިޔުން ކިޔާލުމުން