މެލޭޝިޔާގައި މި މަހުގެ 8 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ގަވަރނަންސް އަދި އެޑްމިނިސްޓްރޭޓިވް ކޯހުގެ ދެވަނަ ބުރުގެ ބައިވެރިން މެލޭޝިޔާއަށް ފުރައިފިއެވެ.
މި ކޯހުން ފުރުސަތު ދީފައިވަނީ އިމާމުންނާއި ޚަޠީބުންގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސް ބައެއް މުވައްޒަފުންނަށެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ކޯހުގެ ބައިވެރިން މެލޭޝިޔާގެ އިސްލާމީ އެކި މުއައްސަސާތަކުގެ މަސައްކަތައް ކުރިއަށްދާ ގޮތް ބެލުމާއި އިސްލާމީ ތާރީޚީ ބައެއް ތަންތަނަށް ޒިޔާރަތް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ކޯހުގެ ތެރެއިން އިސްލާމިކް ގަވަނަންސް އަދި އެޑްމިނިސްޓްރޭޝަންއާއި ގުޅޭ މުހިއްމު ސެޝަންތަކެއް ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
2024 ވަނަ އަހަރުވެސް މެލޭޝިޔާއިން އިމާމުންނަށް ތަމްރީނާއި ތަޖުރިބާގެ ފުރުސަތު ވަނީ ހޯދައިދީފައެވެ.
މި ލިޔުން ކިޔާލުމުން