ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، އެސްވަޓީނީގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، މިސް ފޮލިލެ ޝަކަންޓޫ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި، މިސް ފޮލިލެ ޝަކަންޓޫއަށާއި، އެސްވަޓީނީގެ ސަރުކާރަށާއި ރައްޔިތުންނަށް، މިނިވަން ދުވަހާ ގުޅިގެން ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވައިފައެވެ.
މީގެ އިތުރުން ވަޒީރު ަނީ ދިވެހިރާއްޖެއާއި އެސްވަޓީނީ އާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށްޓަކައި، ކަމަނާއާ ގުޅިގެން މަސައްކަތްކުރުމަށް އުންމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވެފައެވެ.
"އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީން"، ވަޒީރު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން