ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 3،000 ދިދަ ފަހައިދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
މިގޮތުން ފެނަކައިން ވަނީ 1،500 ޤައުމީ ދިދައިގެ އިތުރުން އެ ކުންފުނީގެ 1،500 ދިދަ ފަހައިދިނުމުގެ މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައެވެ.
މި މަސައްކަތުގައި ބިޑަށް ރަޖިސްޓްރީވާންޖެހޭނީ ސެޕްޓެންބަރު 2 އިން 7 ގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ 8:00 އިން 15:00 އާ ދެމެދުއެވެ. އަދި މަސައްކަތުގެ މަޢުލޫމާތު ސާފުކުރުމުގެ އެންމެ ފަހު ތަރީޚަކީ ސެޕްޓެންބަރު 7 ވަނަ ދުވަހުގެ 15:00 އެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ސެޕްޓެންބަރު 8 ވަނަ ދުވަހުގެ 11:00 ގައެވެ.
ފެނަކައިން ބުނީ ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށެވެ.
އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން