ބ. އަތޮޅުގެ ރިސޯޓެއްގައި 21 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި 21 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ މައްސަލައެއް އޮގަސްޓު 23 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލައި، މަރުގެ ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް ތަޙުޤީޤު ޓީމުން ނިންމާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން