މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް ޕްރޮޖެކްޓް (މީރީ ޕްރޮޖެކްޓް)ގެ ދަށުން "ޔޫތް ވޮއިސެސް" ގެ ނަމުގައި، ތަފާތު އިނާމުތަކާއިއެކު ޒުވާނުންނަށް ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.
"ޔޫތް ވޮއިސެސް" ކެމްޕެއިންގެ ދަށުން ވަނަ ހޯދާ ފަރާތްތަކަށް އިނާމުގެ ގޮތުގައި، އީ-ރީޑަރ، ޓްރައިޕޮޑް އަދި އައިޕެޑް ހާޞިލުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި ކެމްޕެއިންގައި، 16 އަހަރާއި 35 އަހަރާއި ދެމެދުގެ ކޮންމެ ޒުވާނަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މީރީ ޕްރޮޖެކްޓްގެ މި ކެމްޕެއިންގައި ބައިވެރިވުމަށް 3 މިނެޓްގެ ވީޑިއޯއެއް ނުވަތަ 10 ގަނޑު ހިމެނޭ ސްލައިޑް ޑެކެއް ހުށަހަޅަންވާނެއެވެ. ހުށަހަޅާ ވީޑިއޯ ނުވަތަ ސްލައިޑް ޑެކްގައި، މަސައްކަތްކުރާ ނުވަތަ ތަމްރީނުވަމުންދާ ދާއިރާ، ދިމާވި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރި މަސައްކަތްތައް، ހާޞިލުކުރި ތަޢުލީމާއި ތަމްރީނުގެ ސަބަބުން ލިބިފައިވާ ހުނަރާއި ޤާބިލްކަން އަދި އެ ދާއިރާ އިން ކުރިއަށްދިޔުމަށް ޝައުގުވެރިވާ ޒުވާނުންނަށް ދޭން ބޭނުންވާ މެސެޖެއް ހިމަނަންވާނެއެވެ.
ހުށަހަޅާ ވީޑިއޯ ނުވަތަ ސްލައިޑް ޑެކް އަދި ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑް ކޮޕީ "ޔޫތް ވޮއިސެސް ސަބްމިޝަން"ގެ ސަބްޖެކްޓް ލައިނާއި އެކު [email protected] އަށް އީ-މެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. މި އެޕްލިކޭޝަން ފުރިހަމަކުރުމަށް ހުރިހާ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކެއްގައި މީރީ ޕްރޮޖެކްޓަށް "ފޮލޯ" ކުރަންވާނެއެވެ.
"ޔޫތް ވޮއިސެސް" ކެމްޕެއިންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުށަހެޅުމުގެ ސުންގަނޑި އަކީ 12 ސެޕްޓެމްބަރ 2025 ވާ ހުކުރު ދުވަހެވެ.
މި ލިޔުން ކިޔާލުމުން