ހުޅުމާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މިގޮތުން ފުލުހުން ހޯދަމުންދަނީ މަސީޙް ޢަބްދުލް ޙަކީމް (41އ) ދޫޑިގަން. ފަސީހްއާބާދު / ޏ. ފުވައްމުލައް އެވެ.
ފުލުހުން ބުނީ އޭނާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި އޮގަސްޓު މަހުގެ 25 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މަސީޙް ޢަބްދުލް ޙަކީމް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ، އެމްޕީއެލް ޓަވަރުގައި ކަމަށާއި އޭނާގެ ޚަބަރެއް އާއިލާއަށް އެންމެފަހުން ވެފައިވަނީ މި އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ވަނީ މަސީޙް ޢަބްދުލް ޙަކީމްއާ ބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.
މި ލިޔުން ކިޔާލުމުން