ހދ. ކުޅުދުއްފުށި ސިޓީ މަގުތައް ޒަމާނީފެންވަރަށް ތަރައްޤީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ހދ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭވުޒާރާގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއެވެ. އަދި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އަލްފާޝިލް އިބްރާހީމް ނަތީމް އެވެ.
މި މަސައްކަތް ހަވާލުކުރީ 730 ދުވަސްތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މަސައްކަތުގެ އަގަކީ 100,465,864.92 ރުފިޔާއެވެ.
މި ލިޔުން ކިޔާލުމުން