ތިލަދުންމަތީ ދެކުނުބުރީ ނޮޅިވރަންފަރު ޢިމާރާތްކުރާ ކައުންސިލް އިދާރާގެ އާ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެެވެ. މި މަސައްކަތް ރަސްމީކޮށް ފަށައިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ނޮޅިވަރަންފަރުގައި ޢިމާރާތްކުރާ ކައުންސިލް އިދާރާގެ އާ ޢިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި ކައުންސިލް އިދާރާގެ އާ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރެވެ. އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި އަދި މަކުނުދޫ ކައުންސިލްގެ ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނޮޅީވަރަންފަރު ކައުންސިލް އިދާރާ ތަރައްޤީކުރަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރު.ސީ.ސީ)އާ ޙަވާލުކޮށްގެންނެވެ. މިއީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް އެ ކުންފުންޏާ ޙަވާލުކޮށްފައިވާ 55 ކައުންސިލް ޕްރޮޖެކްޓްގައި ހިމެނޭ ކައުންސިލް އިދާރާއެކެވެ.
މި ލިޔުން ކިޔާލުމުން