ހުޅުމާލޭ ފޭސް 2 ގެ 4،000 ފްލެޓް ލިބޭ މީހުން ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރަން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ބަސް ސްޓޮޕްތައް ހަދަން ފަށައިފި އެވެ.
އެޗްޑީސީން ބުނީ ފްލެޓްތަކަށް މީހުން ބަދަލުވާން ފަށަންވާއިރަށް އެ މީހުންނަށް ފަސޭހަކުރުމުހގެ ގޮތުން ހުޅުމާލެ 2 ގައި ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ މަސައްކަތްކުރަމުން ދަނީ އެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ކަމަށް އެޗްޑީސީން ބުންޏެެވެ.
ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ މިހާރު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން