ކުޑަރިކިލު ސިއްޙީ މައުކަޒުގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. ކުޑަރިކިލު ސިއްޙީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.
ކުޑަރިކިލު ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅުގެ ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ކުޑަރިކިލު ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންއަށެވެ. މި މަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ 1 އަހަރުގެ ތެރޭގައި ނިންމުމަށެވެ.
ކުޑަރިކިލު ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 7،641،116.64 (ހަތް މިލިޔަން ހަލައްކަ ސާޅީސްއެއްހާސް ސަތޭކަ ސޯޅަ ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) އަށެވެ.
މި ލިޔުން ކިޔާލުމުން