މާލޭ ސަރަޙައްދުގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައިރައްޔިތުންނަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި، ދުވާލަކު 10 ހާސް ޓަނުގެފެން އުފެއްދުމަށް ބޭނުންވާ ޢިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ ހުޅުމާލޭގެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވިރަސްމިއްޔާތުގައި، މި ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އެމް.ޑަބްލިޔު.އެސް.ސީ އަށް 29 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ 10 މުވައްޒަފުންނާ، މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު އާއި، ކުންފުނީގެ ޗެއަރ ޕާރސަން ޝަމްހޫޒާ އަޙްމަދު އަދި ބޯރޑު މެންބަރުންނެވެ.
ފައުންޑޭޝަން ކޮންކްރީޓްގެ މަސައްކަތް ފެށުނު މި ޢިމާރާތުގެ މަސައްކަތް ނިންމުމަށް އަމާޒުކުރެވިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ކަމަށް އެމްޑަބްލިޔުއެސްސީން މައުލޫމާތުދެއްވައެވެ. މި ޢިމާރާތުގެ މަސައްކަތް ނިމުމާއެކު، ދުވާލަކު 5000 ޓަނުގެ ފެން އުފެއްދޭ 2 އާރް.އޯޕްލާންޓް މި ޢިމާރާތުގައި ބެހެއްޓުމުގެ މަސައްކަތް ފެށޭނެ ކަމަށް އެމްޑަބްލިޔުއެސްސީން މައުލޫމާތުދެއްވައެވެ.
މި އާރް.އޯ ފެސިލިޓީ އަކީ މާލެ އާއި ހުޅުމާލޭގެ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ލިޔުން ކިޔާލުމުން