5 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ނިންމުމަށް ފަހު, ދެވަނަ ޓާމުގެ ކިޔެވުން ފަށައިފިއެވެ.
ފުރަތަމަ ޓާމުގެ ކިޔެވުމަށްފަހު ދަރިވަރުން ދެ ހަފުތާގެ ސްކޫލް ޗުއްޓީ ފެށީ މިދިޔަ ޖުލައި މަހުގެ 25 ގައެވެ.
ތަޢުލީމީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ދިރާސީ އަހަރު ރާއްޖޭގެ ސްކޫލުތަކުގައި 90,000 އެއްހާ ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުންދާއިރު، މި ދަރިވަރުންނަށް ކިޔަވާދެއްވުމަށް 11,000 އެއްހާ މުދައްރިސުން ސްކޫލުތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވައެވެ.
ތަޢުލީމީ ވުޒާރާއިން އާންމުކޮށްފައިވާ އެކެޑަމިކް ކަލަންޑަރުގައިވާ ގޮތުން ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ ޑިސެންބަރު 25 އާ ހަމައަށެވެ. އަދި ޗުއްޓީއަށް ފަހު 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ ޖަނަވަރީ 27 ގައެވެ.
މި ލިޔުން ކިޔާލުމުން