މިފްކޯއިން އެންސިސް ކޭނަރީ ގަންނަން ނިންމައި އެކަމާ ގުޅޭ މަޝްވަރާތައް ފަށައިފިއެވެ.
މިފްކޯއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފަހުގެ މެޝިނަރީއާއި އާލާތްތަކާއެކު އިންވެސްޓްކުރުމަށްފަހު، ދޮޅު އަހަރަށް ހުއްޓިފައި ހުރި އެންސިސް ކޭނަރީގެ ޕްރޮސެސިންގ ކެޕޭސިޓީ މިފްކޯއަށް ލިބިގަތުމަށްޓަކައި، ދިރާސާތައް ނިންމުމަށްފަހު، އެންސިސްއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
2019 އަހަރުގެ ޑިސެންބަރު މަހުގައި ހުޅުވި އެންސިސް މަސްކާރުޙާނާ އަކީ 25 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން އެޅި ތަނެކެވެ. 2023 ވަނަ އަހަރު އެ ކާރުޚާނާ ބަންދުކުރީ މިފްކޯއިން މަސް ގަންނަ އަގު 17ރ. އިން 25ރ. އަށް ބޮޑުކުރުމާ ގުޅިގެންނެވެ.
ދުވާލެއްގެ މައްޗަށް 25 ޓަނާއި 30 ޓަނާ ދެމެދުގެ މަސް ޕްރޮސެސްކުރުމުގެ ޤާބިލުކަން ހުރި އެންސިސް މަސް ކާރުޚާނާގައި 1،500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއްވެސް ހުރެއެވެ.
މި ލިޔުން ކިޔާލުމުން