އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްއަށް ޒިޔާރަތް ކުރައްވާ ޔުނިވާސިޓީގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހު އައިޔޫއެމްގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އިސްލާމީ ޔުނިވާސިޓީ އިތުރަށް ތަރައްޤީ ކުރުމަށް ކުރަން ޖެހޭ ކަންކަމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާކަމަށް މިނިސްޓްރީން މައލޫމާތުދެއެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި އައިޔޫއެމް ގުޅިގެން ކުރިއަށް ގެންދެވިދާނެ ކަންކަމާއި ގުޅޭ ގޮތުން ވެސއ ވަނީ މަޝްވަރާ ކުރައްވާފައެވެ.





