ކ. ގުރައިދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.
ފުލުހުން ބުނީ ކ. ޒަމާނީ އައިލެންޑް ކައިރިން ގުރައިދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލާފައިވާ ކަމަށް މިރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ޑިންގީގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު ފަތާފައި ގޮސް ޒަމާނީ އައިލެންޑަށް އަރާފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ މެރިން ޕޮލިސް، ކ. އަތޮޅު ޕޮލިސް އަދި ކ. އަތޮޅު ރިސޯޓުތަކުގެ ލޯންޗުތައްވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ފުލުހުން ބުނީ މި ޑިންގީން ދަތުރުކުރީ 17 މީހުން ކަމަށާއި، އެއީ ހުސް ބިދޭސީން ކަމަށެވެ. އަދި އެ އެންމެންވެސް ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މި ލިޔުން ކިޔާލުމުން