ހއ.ތަކަންދޫއިން ބަންޑާރަ ގޯޗައްއެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށްފިއެވެ.
ތަކަންދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ގޯއްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 19 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ޕޮއިންޓް ދީފައިވާ ގޮތާމެދު، ޝަކުވާ ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން "ހއ.ތަކަންދޫއިން ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި އެ އިދާރާއަށް ނުވަތަ އެއިދާރާގެ އީމެއިލް އަށް ފޯމް ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ކައުންސިލުން ބުނީ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާން ކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ލިސްޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހުގައި ކަމަށެވެ.
ތަކަންދޫން ބަންޑާރަ ގޯއްޗަށް އެދި 37 ފަރާތަކުން ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ބާޠިލް އެއް ފޯމުވެސް ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން