މާލެއަތޮޅު ގުރައިދޫގައި ވޯޓަރ ސްޕޯޓްސް ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް ނިންމައިފިއެވެ.
ގުރައިދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮގަސްޓު 13 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީވާންވާނެ ކަމަށެވެ.
އަދި ބީލަމުގައި ރަޖިސްޓްރީ ވާނީ ބީލަން ހުށަހެޅުމަށް ބޭނުންވާ ޕްލޮޓަށް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 10،000ރ. ގެ ފީއެއް ދައްކާ ފަރާތްތަކަށް ކަމަށާއި، ރަޖިސްޓްރީ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެއް ކަމަށެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 09:00 ގައި ކ. ގުރައިދޫ ކައުންސިލްގެ އިދާރާގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 13 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން 6640072 ނަންބަރަށް ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
މި ލިޔުން ކިޔާލުމުން