ލ. އަތޮޅު ގަމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމަ އެ މަޝްރޫޢު ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފިއެވެ.
އާރުޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން އިޖުތިމާއީ މަގުގައި ސްޓޯރމް ވޯޓަރ ޖަންކްޝަން ބެހެއްޓުމާއި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ލ. ގަމު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އިޖުތިމާއީ މަގުގައި ސްޓޯރމް ވޯޓަރ ޖަންކްޝަން ބެހެއްޓުމާއި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.#TeamRDC pic.twitter.com/4UYUUy0QHY
— Road Development Corporation Ltd (@rdcmaldives) August 3, 2025
29 ޑިސެންބަރު 2022 ގައި އާރުޑީސީއާ ހަވާލުކުރި މި މަޝްރޫޢުގެ ޖުމުލަ އަގަކީ 104،040،237.65ރ. އެވެ.
މި މަޝްރޫޢުގެ %32 މަސައްކަތް މިހާރު ނިމިފައިވާއިރު، މަގުތަކުގައި ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކުރުމާއި، ދުވާރު ހެދުމާއި، މިހާރު ހުރި ޖަންކްޝަންތައް މަގުތަކާ އެއްވަރުކުރުން މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ.
މީގެ އިތުރުން މަގުތަކުގައި ނިޝާން ކުރެހުމާއި، ސްޕީޑް ބްރޭކަރާއި ނިޝާން ބޯޑުތައް ބެހެއްޓުމާއި މަގުބައްތި ހަރުކުރުމަކީވެސް މި މަޝްރޫޢުގެ ސްކޯޕްގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.
މި ލިޔުން ކިޔާލުމުން