ބައިނަލްއަޤުވާމީ ދެ ޤުރުއާން މުބާރާތެއްގައި ދިވެހިރާއްޖެ ތަމްސީލް ކުރައްވާ ބައިވެރިންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.
އެގޮތުން ވަޒީރު މިއަދު ބައްދަލުކުރައްވާފައިވަނީ ސަޢުދީ ޢަރަބިއްޔާ އަދި މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއްގައި ދިވެހިރާއްޖޭގައި ތަމްސީލްކުރައްވާ ބައިވެރިންނާއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އެ ބައިވެރިންނަށް ހިއްވަރު ދެއްވަވާ ދިވެހިރާއްޖެ ތަމްސީލް ކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށް ބައިވެރިންނަށް ނަސޭހަތްތެރިވެލައްވާފައެވެ.
ބޭރު އެކި ޤައުމުތަކުގައި ކުރިއަށްދާ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތްތަކުގައި ދިވެހި ދަރިވަރުން ބައިވެރިވެ ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނަކަން ފާހަގަކޮށްލެވެ.
މި ލިޔުން ކިޔާލުމުން