ލާމަރުކަޒީ ނިޒާމަށް އިޞްލާޙު ގެނައުމުގެ ބިލު އަނބުރާ ގެންދިއުމަށް ކުރީގެ ނައިބު ރައީސް، ފައިޞަލް ނަސީމް ގޮވާލައްވައިފިއެވެ.
ފައިޞަލް މިފަދައިން ގޮވާލައްވާފައިވަނީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އާ ގާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މިއަދަކީ އަޅުގަނޑަށް ހިތާމަވެރި ދުވަހެއް. ޒަމާނުންސުރެ ދިވެހިރާއްޖޭގައި މަރުކަޒީކޮށް ވެރިކަން ކުރަމުން ދިޔަ ނިޒާމު ލާމަރުކަޒީ ކުރަން ނިންމީ އެ ރަށެއް ނުވަތަ އެ ސަރަހައްދެއްގެ ތަރައްގީއާއި ކަންކަމުގައި…
— Faisal Naseem (@FaisalNasym) August 3, 2025
މިގޮތުން ފައިޞަލް ވިދާޅުވީ އާ ޤާނޫނުއަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށާއި، ޒަމާނުންސުރެ ދިވެހިރާއްޖޭގައި މަރުކަޒީކޮށް ވެރިކަން ކުރަމުން ދިޔަ ނިޒާމު ލާމަރުކަޒީ ކުރަން ނިންމީ އެ ރަށެއް ނުވަތަ އެ ސަރަހައްދެއްގެ ތަރައްގީއާއި ކަންކަމުގައި އެތަނެއްގެ ބަޔަކު ގޮތް ނިންމައި ބަސް ބުނުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.
"ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދިނީ ބޮޑު އުންމީދެއްގައި. އޭގެ ހެޔޮ ނަތީޖާ ނެރުމުގެ ފުރުސަތު ނުލިބޭގޮތަށް މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލާމެދު ކަންބޮޑުވޭ"، ފައިޞަލް ވިދާޅުވިއެވެ.
ފައިޞަލް ވިދާޅުވީ ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި އިޚްތިޞާޞްތެރޭ ހުންނަ ތަންތަން ކުއްޔަށް ދިނުމާއި ތަރައްޤީގެ މަޝްރޫޢުތަކަށް މާލޭގައި ހުންނަ އޮފީހަކުން ހުއްދަ ހޯދަން މަޖުބޫރު ކުރުމަކީ މި ނިޒާމުގެ މަޤުޞަދާ މުޅިން ޚިލާފު ކަމެއް ކަމަށެވެ.
"އެ ބައެއްގެ ސަރަހައްދުގެ ކަންކަމުގައި އެ ބައެއްގެ ބަސް ނުކިޔޭގޮތަށް ގެންނަ މި އިޞްލާޙު މިހާރުން މިހާރަށް އަނބުރާ ގެންދަން ގޮވާލަން"، ފައިސަލް ވިދާޅުވެފައިވެއެވެ.
މި ލިޔުން ކިޔާލުމުން