ޚާރިޖީ ވަޒީރު، ޑރ. އަބްދު الله ޚަލީލް، ނޯތު މެސެޑޯނިއާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ޓިމްޗޯ މުޗުންސްކީ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި، ނޯތު މެސެޑޯނިއާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ވަޒީރު ޓިމްޗޯ މުޗުންސްކީ އަށާއި، ނޯތު މެސެޑޯނިއާގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ދަންނަވައިފައެވެ.
އަދި ކުރިއަށް އޮތް ތާނގައިވެސް ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި ޔަޤީންކުރައްވާ ކަމުގައިވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
"އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރުއާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.
މި ލިޔުން ކިޔާލުމުން