ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިން ކޮންމެ އަހަރަކުވެސް ދެމުން އަންނަ އިނާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޞިއްޙީ ވުޒާރާއިން ކުރި އިޢުލާނެއްގައިވާ ގޮތުން ހަ އެވޯޑަކަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ. އެއީ:
- އިހްސާން ޑޮގްރަމަސީ ފެމިލީ ހެލްތު ފައުންޑޭޝަން ޕްރައިޒް
- ސަސަކަވާ ހެލްތު ޕްރައިޒް
- ޔުނައިޓެޑް އަރަބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން ޕްރައިޒް
- ސްޓޭޓް އޮފް ކުވައިތު ހެލްތު ޕްރޮމޯޝަން ފައުންޑޭޝަން، "ހިޒް ހައިނެސް ޝައިޚް ޞަބާޙް އަލް-އަޙްމަދް އަލް-ޖާބިރް އަލް-ޞަބާޙް ޕްރައިޒް ފޮރ ދަ ޕްރޮމޯޝަން އޮފް ހެލްތީ އޭޖިންގ"
- ޑރ. ލީ ޖޮންގ-ވޫކް މެމޯރިއަލް ޕްރައިޒް ފޮރ ޕަބްލިކް ހެލްތު
- ނެލްސަން މަންޑެލާ އެވޯޑު ފޮރ ހެލްތު ޕްރޮމޯޝަން
ޞިއްޙީ ވުޒާރާއިން ބުނީ މި އިނާމުތަކުގެ ތެރެއިން ކޮންމެ އިނާމަކަށްވެސް މެމްބަރު ޤައުމަކުން ހުށަހެޅެނީ އެއް ފަރާތުގެ ނަން ކަމަށާއި، ނަން ހުށަހަޅާއިރު އެފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކާއި ހުށަހަޅާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރެވޭނެ ކަމަށެވެ.
ވީމާ، މި އިނާމުތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 30 ސެޕްޓެންބަރު 2025 ގެ 12:00 ގެ ކުރިން ޞިއްޙީ ވުޒާރާގެ ޕޮލިސީ އިމްޕްލިމަންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަނަށް އެޑްރެސްކޮށް ފޯމު ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. އީމެއިލް މެދުވެރިކޮށްވެސް އެ ޑިވިޜަނަށް ފޯމު ހުށަހެޅޭނެއެވެ.
މި އިނާމުތަކާބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމް މި ލިންކުން ލިބޭނެއެވެ.
މި ލިޔުން ކިޔާލުމުން