ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު، މޫސާ މަނިކު (ރީކޯ މޫސަ)، އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕަރސަން ކަމަށް ކުރިމަތިލެއްވުމަށް ނިންމަވައިފިއެވެ.
ރީކޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ ހަމަ މަގަށް އެޅުވުމަށް، ޕާޓީގާ އިހުއޮތް ރޫޙުއާލާކުރުމަށް، އެމްޑީޕީ ގެ ޗެއރޕަރސަންކަމަށް ކުރިމަތިލައްވަން ނިންމަވައި، އެކަން ރޭ ބޭއްވި އެމްޑީޕީ ހަރުގެ ޖަލްސާގައި އިޢުލާންކުރައްވާފައިވާ ކަމަށެވެ.
އެމްޑީޕީއާއެކު ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގަތް ރީކޯ ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ މެންބަރުކަން ކުރައްވައިފައެވެ. އެއަށްފަހު ރީކޯ އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ 2022 ވަނަ އަހަރުގައެވެ.
ރީކޯ ވަނީ މީގެ ކުރިންވެސް އެމްޑީޕީގެ ޗެއަރޕަރސަން ކަމާއި ޕީޖީ ލީޑަރުކަންވެސް ކުރައްވައިފައެވެ.
މި ލިޔުން ކިޔާލުމުން