ހަ ރަށެއްގެ ޞިއްޙީމަރުކަޒުތަކުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތްތައްއަމިއްލަ ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އެއީ:
1. ހއ. ވަށަފަރު އަދި ހއ. ތުރާކުނު ޞިއްޙީމަރުކަޒުތަކުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތް
މި އެއްބަސްވުންތަކުގައި ސޮއިކުރެއްވ ީމިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ހެލްތުގެ ނައިބު، އަލްއުސްތާޛް އިސްމާޢިލް ޒާހިރު އަދި މި ދެރަށުގެ މަސައްކަތް ހަވާލުކުރެވޭ "ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ގެ ފަރާތުން ސޮއިކުރެއްވީ މާކެޓިންގ ޑިރެކްޓަރ، މުޙައްމަދު ޢިމާދުއެވެ.
ހއ. ވަށަފަރު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސއްކަތް ހަވާލުކުރީ 4.8 މިލިއަން ރުފިޔާއަށއ 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.އެއީ ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް ހެދުމަށެވެ.
ހއ. ތުރާކުނު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުން ހަވާލުކުރީ 3.4 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އެއީ އޮފީސް، މީޓިންގ ހޯލް، ޕަބްލިކް ހެލްތު އޮފީސް، ސްޓޯ އަދި ލޯންޑްރީ ޖާގަ އިތުރުކުރުމަށެވެ.
2. ށ. ޅައިމަގު ޞިއްޙީމަރުކަޒުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި،
މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނައިބު، އަލްއުސްތާޛް އިސްމާޢިލް ޒާހިރު އަދި މި މަސައްކަތް ހަވާލުކުރެވޭ "އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"ގެ ފަރާތުން – މެނޭޖިންގ ޑިރެކްޓަރ، ހުސެއިން އަންވަރުއެވެ.
4.8 މިލިއަން ރުފިޔާގެ މި މަސއްކަތް ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މަސއްކަތުގެ ތެރޭގައި ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އިތުރުކުރެވިގެންދާނެ.
ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ފ. ދަރަނބޫދޫ ޞިއްޙީމަރުކަޒުތަކުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ހެލްތުގެ ނައިބު، އަލްއުސްތާޛް އިސްމާޢިލް ޒާހިރު އަދިމި ތިން ރަށުގެ މަސައްކަތް ހަވާލުކުރެވޭ "ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް"ގެ ފަރާތުން ލީގަލް ކައުންސެލް، މުޙައްމަދު ޒަޔާން ޢަބްދުﷲއެވެ.
ނ. މަގޫދޫ ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުން ހަވާލުކުރީ 4.8 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ހަވާލުކުރެވުނު މަސައްކަތުގެ ތެރޭގައި ވޯޑަކާއި، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ލޯންޑްރީ އަދި ސްޓޯރ ރޫމް އިތުރުކުރެވިގެންދާނެ.
ފ. ބިލެއްދޫ ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުން ހަވާލުކުރީ 4.3 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ވޯޑަކާއި، ލެބޯޓްރީ، ނާސް ސްޓޭޝަން، ލޭބަރ ރޫމް، އަދި ސްޓޯރ ރޫމް މި މަސައްކަތުގެ ތެރޭގައި އިތުރުކުރެވިގެންދާނެއެވެ.
ފ. ދަރަނބޫދޫ ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރީ 4.8 މިލިއަން ރުފިޔާ އަށް 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ހަވާލުކުރެވުނު މަސައްކަތުގެ ތެރޭގައި ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އިތުރު ކުރެވިގެންދާނެކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ލިޔުން ކިޔާލުމުން