މާލެއިން ނައިފަރަށް ދަތުރުކުރި ބޯޓެއްގެ އިންޖީނު ހުއްޓިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ މިއީ "ލައިފްލައިން" ނަމަކަށް ކިޔާ މި ބޯޓު ފުރައިގެން ދިޔައީ 40 މީހުންނާއެކު ކަމަށެވެ. އަދި ކާށިދޫގެ އިރުން މި ބޯޓުގެ އިންޖީނު ހުއްޓުމާ ގުޅިގެން، ބޯޓުގައި ތިބި އަންހެނުންނާއި ކުޑަކުދިން ނައިފަރަށް ގެންގޮސްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މި ބޯޓުގައި ތިބި މީހުން ނައިފަރަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ދެ ހާބަރކްރާފްޓް ލޯންޗާއި، ކޯސްޓްގާޑުގެ ގަލްފްކްރަފްޓް ލޯންޗެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބުނީ މިއަދު ހެނދުނު 08:15 ހާއިރު އެވެ.
މި ލިޔުން ކިޔާލުމުން