ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް، ޕެރޫގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އެލްމަރ ސްކީލަރ ސަލްސީޑޯ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ވަޒީރުގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ވަޒީރު އެލްމަރ ސްކީލަރ ސަލްސީ އަށާއި، ޕެރޫ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ޕެރޫގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފައެވެ.
މީގެ އިތުރުން ދިވެހިރާއްޖެ އާއި ޕެރޫ އާ ދެމެދު އޮންނަ ގާތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާވެގެންދާނެކަމަށް އަޅުގަނޑު އުއްމީދު ކުރައްވާ ކަމުގައިވެސް ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
އަދި، ވަޒީރު، އެލްމަރ ސްކީލަރ ސަލްސީއަށް ދުޅަހެޔޮ ސިއްޙަތާއި ޕެރޫ ރައްޔިތުންނަށް ސުލްހައާއި ކުރިއެރުމަށްވެސް ވަޒީރު ޑރ. ޚަލީލްގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.
"އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އަރުވަން"، ވަޒީރުގެ މެސެޖުގައި ވެއެވެ.
މި ލިޔުން ކިޔާލުމުން