ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޕެސެންޖަރ ޓަރމިނަލް ރަސްމީކޮށް ހުޅުވައިފިއެވެ.
މިކަމަށްޓަކައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އައު ޓަރމިނަލް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.
72،000 އަކަމީޓަރުގެ މި ޓަރމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ. މި ޓަރމިނަލުގައި 12 ބޯޑިންގ ބުރިޖާއި، 47 ޗެކްއިން ކައުންޓަރާއި، 6 ސެލްފް ސަރވިސް ކިއޮސްކާއި، 20 ޑިޕާޗަރ އިމިގްރޭޝަން ކައުންޓަރާއި، 28 އިމިގްރޭޝަން ކައުންޓަރު ހުންނާނެއެވެ. މީގެ އިތުރުން ކަސްޓަމްސް ޗެކް ޕޯސްޓަކާއި ފުޑް އެންޑް ބެވަރޭޖު އައުޓްލެޓެއްވެސް އައު ޓަރމިނަލްގައި ހުންނާނެއެވެ.
އައު ޓަރމިނަލް ހުޅުވުމަށްޓަކައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ވަނީ މިނިވަން ދުވަހާވެސް ގުޅުވައިގެން ޚާއްޞަ ޑްރޯން ޝޯއެއް ބާއްވައިފައެވެ. އަދި މި މުނާސަބަތާ ގުޅިގެން މާލޭގެ ވަށައިގެން ހަވާ ވެސް އަރުވާފައިވެއެވެ.
ނުވަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ހުޅުވިގެންދިޔަ މި އައު ޓަރމިނަލަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން