ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ.
ބޮޑު ވަޒީރު މޯދީގެ "އެކްސް" އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ނައިބްރައީސް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފްއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެކި ދާއިރާތަކުން މަޝްވަރާކުރައްވާފައިވާކަމަށެވެ. އެގޮތުން އިންޑިއާއާއި ދިވެހިރާއްޖޭގެ އެކުވެރިކަމުގެ ގުޅުމުގެ މުހިންމު ތަނބުތަކުގެ މައްޗަށް އަލިއަޅުވާލެއްވިކަމަށް ބޮޑު ވަޒީރު މޯދީ ވިދާޅުވިއެވެ.
މީގެތެރޭގައި އިންފްރާސްޓްރަކްޗަރ، ޓެކްނޮލޮޖީ، މޫސުމަށް އަންނަ ބަދަލު، ހަކަތަ އަދި އެހެނިހެން ދާއިރާތަކުން ގާތުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
މިކަމުން ދެޤައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކުރާނެކަން ފާހަގަކުރައްވާ ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން ވަރުގަދަވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން