ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
މިގޮތުން މެޑަމް ސާޖިދާ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޤައުމަށް އަލިވިލޭ ކޮންމެ ދުވަހަކީ މިނިވަންކަމުގެ އުފާވެރި އިޙްސާސްތަކުގައި ދިވެހި ލޮބުވެތި ރައްޔިތުން ލަހައްޓަވާ ދުވަހެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރަމުން، މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަން. pic.twitter.com/D6yiqHuNlr
— First Lady Sajidha Mohamed (@sajidhaamohamed) July 26, 2025
"މި ޤައުމަށް އަލިވިލޭ ކޮންމެ ދުވަހަކީ މިނިވަންކަމުގެ އުފާވެރި އިޙްސާސްތަކުގައި ދިވެހި ލޮބުވެތި ރައްޔިތުން ލަހައްޓަވާ ދުވަހެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރަމުން، މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަން"، އެ ޕޯސްޓުގައި އެކަމަނާ ވިދާޅުވެފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވަނީ މިނިވަން ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި މިއަދު ހެނދުނު ބައިވެރިވެވަޑައިގެންފައެވެ. މިނިވަން ދުވަހާ ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގައެވެ.
މި ލިޔުން ކިޔާލުމުން