ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.
ދިވެހީންގެ ފަޚުރުވެރި މިނިވަންދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރަން. މި ލޮބުވެތި ވަޠަން މިނިވަންކަމާއި ބާއްޖަވެރިކަމުގައި އަބަދުމެ ލަހައްޓަވާށި. އާމީން pic.twitter.com/oEpCKGOoYg
— Dr Mohamed Muizzu (@MMuizzu) July 26, 2025
މިގޮތުން އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ދިވެހީންގެ ފަޚުރުވެރި މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރައްވާ ކަމުގައެވެ.
"މި ލޮބުވެތި ވަޠަން މިނިވަންކަމާއި ބާއްޖަވެރިކަމުގައި އަބަދުމެ ލަހައްޓަވާށި. އާމީން"، ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް ޑރ. މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވަނީ މިނިވަން ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި މިއަދު ހެނދުނު ބައިވެރިވެވަޑައިގެންފައެވެ. މިނިވަން ދުވަހާ ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގައެވެ.
މި ލިޔުން ކިޔާލުމުން