ދިމާވި މައްސަލަ ހައްލުކޮށް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފިއެވެ.
މިގޮތުން ސްޓްލްކޯއިން ބުނީ ޚިދުމަތް މެދުކެނޑިފައިވާ މާލޭގެ ސަރަހައްދުތަކަށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި، ދިމާވި ދަތިތަކަށް މަޢާފަށް އެދޭ ކަމަށެވެ.
މައްސަލަ ހައްލުކޮށް ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. ހިދުމަތް މެދުކެނޑިފައިވާ މާލޭގެ ސަރަހައްދުތަކަށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވި ދަތިތަކަށް މަޢާފަށް އެދެން.
— STELCO (@STELCOMALDIVES) July 22, 2025
ސްޓެލްކޯއިން ބުނީ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހުވެސް މުޅި ގްރޭޓަރ މާލެ ސަރަހައްދުން ވަނީ ކަރަންޓު ކެނޑިފައެވެ.
މި ލިޔުން ކިޔާލުމުން