ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދެމުންދާ ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.
މިގޮތުން މާލެއިން ކަރަންޓު ކެނޑުނު މައްސަލައިގެ އަދާހަމަ ބަޔާންކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ މިވަގުތު ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ މާލެއާއި ހުޅުމާލޭގެ ސަރަހައްދުތަކަށް މިހާރު ދަނީ އަލުން ކަރަންޓު ދެމުން ކަމަށެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މިވަގުތު ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ މާލެއާއި ހުޅުމާލޭގެ ސަރަހައްދުތަކަށް މިހާރު ދަނީ އަލުން ކަރަންޓު ދެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން.
— STELCO (@STELCOMALDIVES) July 22, 2025
ސްޓެލްކޯއިން ބުނީ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި، މައްސަލަ ދެނަގަނެ، ހައްލު ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
އެ ކުންފުނިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.
މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހުވެސް މުޅި ގްރޭޓަރ މާލެ ސަރަހައްދުން ވަނީ ކަރަންޓު ކެނޑިފައެވެ.
މި ލިޔުން ކިޔާލުމުން