އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕްލިކޭޝަނަށް ހެޔޮ ގިނަ ބަދަލުތަކެއް ގެނެސް، އައު ހިދުމަތްތަކެއް ތައާރަފުކޮށްފިއެވެ.
މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެޕަށް ގެނެވުނު ކުރިއެރުންތަކާއެކު އެޕު ތައާރަފުކުރެއްވީ އެ ކުންފުނީގެ ޗެއާޕާސަން އަލްފާޟިލާ ޝަމްޙޫޒާ އަޙްމަދާއި ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޢަބްދުލްމަތީން މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި މެނޭޖުމެންޓު ޓީމުގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިއަދު ތައާރަފުކުރި ބަދަލުތަކަކަކީ ކުންފުނީގެ ހިދުމަތްތައް ދުވަހުން ދުވަހަަށް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެޕް ކުރިއަށްވުރެ ސާދަކުރުމާއެކު ހިދުމަތް ލިބިގަތުން ފަސޭހަކޮށްދީ އަވަހަށް ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ގެނައި ބަދަލުތަކކެެވެ.
އެގޮތުން މި ބަދަލުތަކާއެކު ކަސްޓަމަރުން ކައުންޓަރަށް އައި ހިދުމަތް ހޯދުމުގެ ބަދަލުގައި އެޕްލިކޭޝަން މެދުވެރިކޮށް ފެނާއި ނަރުދަމާއާ ގުޅުންހުރި ހުރިހާ ހިދުމަތަކަށް އެދި ހުށަހެޅުމާއި، ބިލުތަކަށް ފައިސާ ދެއްކުމާއި އެހެނިހެން ހިދުމަަތްތައް ލިބިގަަނެވޭނެ ގޮތަށް މަގުފަހިވާނެއެވެ.
ކުރިން އެޕުން ލިބެމުންއައި ހުރިހާ ހިދުމަތެއް އަލަށް ގެނައި ބަދަލުތަކާއެކު ލިބޭނެއެވެ. އެ ހިދުމަތްތަކުގެ އިތުރަށް އައު ބައެއް ހިދުމަތްތައް ތައާރަފުކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން