އިއްޔެ ކުރި ވިއްސާރައިގައި ހއ. މުރައިދޫ ބައެއް ގެތަކަށާއި ކައުންސިލް އިދާރާއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ހަވީރު އައި ކޮޅިގަނޑުގައި ހއ. މުރައިދޫ މީހުން ދިރިއުޅޭ 3 ގެއަކާއި ކައުންސިލް އިދާރާ ހިންގަމުންދާ އިމާރާތުގެ ފުރާޅު އެއްލާލައިފައިވާ ކަމަށެވެ.
މިއަދު ހަވީރު އައި ކޮޅިގަނޑުގައި ހއ. މުރައިދޫ މީހުން ދިރިއުޅޭ 3 ގެއަކާއި ކައުންސިލް އިދާރާ ހިންގަމުންދާ އިމާރާތުގެ ފުރާޅުވަނީ އެއްލާލައިފައި.
މީގެތެރެއިން 2 ގެއެއްގެ ފުރާޅު ރަށު ކައުންސިލާއި ރައްޔިތުންނާއި ފުލުހުންނާއި @PoliceMv އެމް.ޓީ.ސީ.ސީ @MTCCPlc ގެ އެހީތެރިކަމާއިއެކު ވަނީ… pic.twitter.com/ft8T7pUlIQ— Adam Shareef Umar (@Adamshareefz) July 18, 2025
މީގެތެރެއިން 2 ގެއެއްގެ ފުރާޅު ރަށު ކައުންސިލާއި ރައްޔިތުންނާއި ފުލުހުންނާއި އެމްޓީސީސީގެ އެހީތެރިކަމާއެކު ވަގުތީގޮތުން ހިޔާކޮށް، މީހުންނަށް ރޭ ނިދޭނެ ޙާލަތަކަށް ގެނެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ކައުންސިލްގައި އިދާރީ މަސައްކަތް ކުރެވޭ ހާލަތަށް ގެނެވުނުހާ އަވަހަކަށް، ގޭގެއަށް ލިބުނު ގެއްލުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ރިޕޯޓްކޮށް، އޮންނަ އުޞޫލުގެ ތެރެއިން ސަރުކާރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެކަމަށް ކައުންސިލުން ވިދާޅުވިކަމަށް ވަޒީރު.
މި ދުވަސްވަރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ބައެއް ރަށްރަށަށް އަންނަނީ ލިބެމުންނެވެ.
މި ލިޔުން ކިޔާލުމުން