ހައިބަތު ބޮޑުކޮށް މިނިވަން ދުވަސް ފާހަގަކުރުމަކީ މިނިވަންކަމުގެ ޙަޤީޤީ މާނައާއި އޭގެ އަގުވަޒަން ކުރުމުގެ ނަމޫނާ އަދުގެ ޒުވާން ޖީލަށް ދެއްކުމަށް ލިބޭ ފުރުޞަތެއް ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިގޮތުން ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މިނިވަން ބަޔަކަށް ދިވެހިން ވީ ދިވެހީންގެ ވިސްނުމާއި, އުންމީދާއި ހިތްވަރުގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ މިނިވަން ދުވަހުގެ ޖަލްސާ އަކީ ހަނދާން އައު ކޮށްދިނުމުގެ ވަރަށް ޚާއްސަ ރަސްމިއްޔާތެއް. އެ ޖަލްސާގައި މިނިވަންކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލާ، ދައުލަތަށް ޚިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، ދިވެހިން ކުރި ތަޖުރިބާގެ ވާހަކަތައް އަލުން ކިޔައިދެވޭ ކަމަށެވެ.
"މިއީ ޤައުމެއްގެ ގޮތުގައި ދެމި ތިބުމުގެ ފުރިހަމަ އިލްހާމްތައް ހިތްތަކަށް އަލުން ގެނެސްދޭނެ ކަމެއް. މިނިވަން ދުވަހުގެ ޖަލްސާ ހައިބަތު ބޮޑުކޮށް، ހުރިހައި ފަރާތްތަކެއްގެ ޝާމިލުވުމާ އެކު ބާއްވަން ޖެހެނީ މިހެންވެ"، ވަޒީރު ވިދާޅުވިއެވެ.
މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ ކަންކަން ރާވައިފައެވެ. މީގެ ތެރޭގައި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ދުވަހާ ގުޅޭ ޚާއްސަ ލައިވްއަތޯނެއް ހިމެނެއެވެ.
މީގެ އިތުރުންވެސް ޤައުމީ ދިފާޢީ ބާރާއި ގައުމީ ކެޑޭޓްކޯގެ މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރު ވަނީ ރާވައިފައެވެ. އަދި ސްކޫލްތަކުގެ ކުޅިވަރާއި ސަގާފީ އައިޓަމްތައް ދައްކާލުން ވެސް މިފަހަރު ވަނީ ރާވާފައިވާއިރު، މާލެ އަދި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދުބުރު ދައްކާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކިޔާލުމުން