ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، މުޙައްމަދު ލުވޭޒް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ނިއުޒިލޭންޑްގެ ގަވަރނަރ-ޖެނެރަލް އަދި ކޮމާންޑަރ-އިން-ޗީފް އެންޑް އޯވަރ ދަ ރިއަލްމް އޮފް ނިއުޒިލޭންޑް، ހަރ އެކްސެލެންސީ ދަ ރައިޓް އޮނަރަބަލް ޑޭމް ސިންޑީ ކިރޯ، ޖީ.އެން.ޒެޑް.އެމް.، ކިއު.އެސް.އޯ. އަށް މިއަދު އަރުއްވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ ވެލިންގޓަންގައި ހުންނަ ގަވަރމެންޓް ހައުސް ގައެވެ.
މި ރަސްމިއްޔާތުގައި ސަފީރު ލުވޭޒް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާއާއި ހެޔޮއެދުންތައް ގަވަރުނަރ ޖެނެރަލަށް އަރިސްކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމު ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަންވެސް އަރުވާފައެވެ.
Non-Resident High Commissioner of Maldives to New Zealand, Mohamed Luveiz presents his Letter of Credence to the Governor-General and Commander-in-Chief in and over the Realm of New Zealand.
📃Press Release | https://t.co/k0dyqRCFrX pic.twitter.com/UKbSD1M5Qy
— Ministry of Foreign Affairs 🇲🇻 (@MoFAmv) July 16, 2025
މި ރަސްމިއްޔާތުގައި ސަފީރު ލުވޭޒްގެ އަރިހުގައި ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ، ޖަލާލާ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް މުޙައްމަދު ލުވޭޒް ޢައްޔަން ކުރެއްވީ 18 މާރޗް 2025 ގައެވެ. ސަފީރު ލުވޭޒް މިހާރު ހުންނެވީ ދިވެހި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ.
މި ލިޔުން ކިޔާލުމުން