ކުރިއަށް އޮތް ހަތަރު ދުވަހު މޫސުން ވަަރަށް ގޯސްވެދާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވާން އެދިއްޖެ އެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ މާދަމާ އިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަަހު ރާއްޖެ ސަރަޙައްދަށް ހުޅަނގު މޫސުމުގެ ބާރުގަދާވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެ ގޮތުން ވައި ބާރުވެ ކަނޑުތައް ގަދަވެ އަދި ބޮޑު ބަޔަކަށް ވިއްސާރާނެ ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
* ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށާއި ކަނޑުތައް, ޚާއްސަކޮށް ކަނޑުއޮޅިތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ބޮޑު ބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މެޓުން ވަނީ އެކަމަށް ހުރިހާ އެންމެންވެސް ސަމާލުވާން އިލްތިމާސް ކޮށްފަ އެވެ. ޚާއްސަކޮށް ދަތުވެރީން މޫސުމަށް ސަމާލުވެ ދަތުރަށް ފުރުމުގެ ކުރީން އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
މި ލިޔުން ކިޔާލުމުން