މަސްތުވާތަކެއްޗާއެކު ތ. ގުރައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ޖުލައި މަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ތ. ގުރައިދޫ / ރާގެ، ރާއިދު މުޙައްމަދު (28އ) އެވެ. އޭނާ ހާއްޔަރުކޮށްފައިވަނީ ގުރައިދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު، އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
މިގޮތުން އެ ރަށު ބަނދަރު ސަރަހައްދުން ރާއިދު މުޙައްމަދު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 14 ގުރާމު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ގުރައިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން