މިއަދު އައިޖީއެމްއެޗްގައި ނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔައީ ކޮޓަރި ތެރޭގައި ވެއްޓިފައި އޮއްވާ ފެނިގެން ކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 10:10 ހާއިރު އިމަރޖެންސީކޮށް އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ މީހަކު ހޮސްޕިޓަލުގައި ނިޔާވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
މިގޮތުން ނިޔާވެފައިވަނީ މއ. ސައިނޯސަރު، މުޙައްމަދު ރަޝީދު (43 އ) އެވެ.
ފުލުހުން ބުނީ މުޙައްމަދު ރަޝީދު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ގޭގެ ކޮޓަރި ތެރޭގައި ވެއްޓިފައި އޮއްވާ ފެނިގެން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.
މި ލިޔުން ކިޔާލުމުން