ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕަބްލިކް ވާރކްސްގެ ޔުނިޓްތައް ޤާއިމު ކުރުމަަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، މިހާރު އެ ޚިދުމަތް ނުދެވޭ އަތޮޅުތަކުގައި އެ ޔުނިޓްތައް ޤާއިމު ކުރާނެ ރަށްތައް ކަނޑައެޅުމަށްފަހު މިއަދު އިޢުލާންކޮށްފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިހާރު ޕަބްލިކް ވާރކްސްގެ ޚިދުމަތް ނުދެވޭ އަތޮޅުތަކުގައި ޔުނިޓްތައް ޤާއިމު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ރައްޔިތުންނާ ގާތުން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޢާންމު ޚިދުމަތް ދޭނެ ޔުނިޓްތައް ޤާއިމު ކުރުމަަށް ރޖ. ޑރ މުޙައްމަދު މުޢިއްޒު @MMuizzu ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، މިހާރު އެ ޚިދުމަތް ނުދެވޭ އަތޮޅުތަކުގައި އެ ޔުނިޓްތައް ޤާއިމު ކުރާނެ ރަށްތައް ތިރީގައި މިވަނީއެވެ.
ހއ.…— Adam Shareef Umar (@Adamshareefz) July 14, 2025
މިގޮތުން ޕަބްލިކް ވާރކްސްގެ ޔުނިޓުތައް ޤާއިމުކުރުމަށް ނިންމާފައިވަނީ ހއ. ދިއްދޫ، ށ. ފުނަދޫ، ނ. މަނަދޫ، ރ. މާކުރަތު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ގއ. ވިލިނގިލި ގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ރަަށްތައް ކަނޑައެޅުމުގައި މިންގަނޑެއްކަމަށް ބަލާފައިވާނީ އަތޮޅު ކައުންސިލް ހިންގާ ރަށް ކަމުގައިވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ޔުނިޓްތައް ޤާއިމު ކުރުމާބެހޭ އިދާރީ މަސައްކަތް އެ ވުޒާރާއިން ކުރަމުން އަންނަކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން