އއ. މާޅޮސްގައި އުމުރުން ދުވަސްވީ މީހަކަށް ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން ނިޔާވި މައްސަލައާ ގުޅިގެން އިތުރު ތަހުލީލުތައް ހެދުމަށާއި ޕޯސްޓް މޯޓަމް ހެދުމުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް އެ މީހާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އއ. މާޅޮސް، އޯކިޑުމާގެ، ޢަބްދުއްރަޙްމާން އާދަމް (65 އ) އެވެ.
ފުލުހުން ބުނީ ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވަނީ، މަރުގެ ސީދާ ސަބަބުން ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ކަމުގައެވެ.
މާޅޮސް ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ރޭ ދަންވަރު 01:50 ހާއިރު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. އެ މީހާއަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަޙުޤީޤެއް ޓީމެއް ވަނީ އެ ރަށަށް ގޮސްފައެވެ. އަދި ފުލުހުން ދަނީ މާޅޮހަށް އަރައިފައިބާ މީހުން މޮނިޓަރވެސް ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން